ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުން އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) ގެ ބޯޑު މެމްބަރުކަމުން މުހައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.
ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާރުޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުން ޝާމީ ވަކިކޮށްފައިވާ ކަމަށެވެ. އަދި އެސްޑީއެފްސީގެ ބޯޑު މެމްބަރުކަމުގެ މަގާމުން ވެސް އޭނާ ވަކިކޮށްފައިވާ ކަމަށް ޕީސީބީން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
އާރްޑީސީގެ ޗެއާޕާސަންގެ މަޤާމަށް ޝާމީ އައްޔަނުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މީގެ އިތުރުން އެސްޑީއެފްސީގެ ބޯޑަށް އޭނާ އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.