ކުރިއަށް އޮތް 9 ވަރަކަށް އަހަރު ތެރޭގައި ބައިނަލްއަގްވާމީ ”ގޭމްސް“އެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް: ރާފިއު

Loading

April 22, 2025
profile
Facebook
Twitter
WhatsApp

ކުރިއަށް އޮތް 9 ވަރަކަށް އަހަރު ތެރޭގައި ބައިނަލްއަގްވާމީ ”ގޭމްސް“ އެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

”ސަރުކާރުން މި ވަގުތު ކުރައްވަމުން އަންނަ މަސައްކަތަކީ މި ގޭމްސް ބޭއްވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން، ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ގާއިމްކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ“ މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ގޭމްސްތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އެތުލީޓުންނަށެވެ. އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް ނުވަތަ އޮލިމްޕިކް ގޭމްސްގެ ޕޯޑިއަމް ފިނިޝްއާ ހިސާބަށް ދިޔުމަކީ ރާއްޖެއަށް ހާސިލްކުރެވޭނެ ވަރުގެ ކާމިޔާބީއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް