ރާއްޖޭގައި އުފައްދާ ލޮނު ޖަޕާނަށް އެކްޕޯސްޓު ކުރާނެ

Loading

April 7, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭގައި ތަރައްޤީކުރި ލޮނު ފެކްޓަރީގައި އުފައްދާ ލޮނު ޖަޕާނަށް އެކްޕޯސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި ލޮނު އުފައްދާ ފެކްޓަރީއެއް ތަރައްޤީ ކޮށްފައި ވަނީ ހއ. ދިއްދޫގައެވެ. އަދި މިއީ ރާއްޖޭގައި ތަރައްގީކުރި ލޮނު އުފައްދާ މިފަދަ ފުރަތަމަ ފެކްޓަރީއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ހުޅުވުނު ލޮނު ފެކްޓްރީ އިއްޔެ އެ ރަށުގައި ހުޅުވާފައިވާ ކަމަށެވެ.

އެ ފެކްޓަރީއަކީ އެ ރަށު ކައުންސިލާއި ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ހުޅުވި ތަނެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ އެ ފެކްޓަރީން އުފައްދާ ލޮނު ޖަޕާނަށާއި ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފެކްޓްރީން ތިން ވައްތަރެއްގެ ލޮނު އުފައްދާނެ ކަމަށާއި އެ ފެކްޓަރީގައި ޕްރޮޑަކްޝަން މިހާރު ފަށާފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް