ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝަހީދުގެ ނަން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ޝަހީދު އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

ކޮމިޓީން ޝަހީދަށް ރުހުން ދޭން ފާސްކޮށް، އެ މައްސަލަ ވަނީ ގޮތެއް ނިންމުމަށް މާދަމާ އޮންނަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ޝަހީދު އެ މަޤާމަށް އައްޔަނު ކުރާނެއެވެ.

ފަނޑިޔާރު ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން ފަނޑިޔާރު ޝަހީދު އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމާއި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް