އަވަސް އަރުވާލައިގެން ފާސްކުރި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރާ ބިލު އިސްލާހުކުރަން އަލުން ކޮމިޓީއަށް

Loading

Facebook
Twitter
WhatsApp

ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމުން ބިލު އިތުރަށް އިސްލާހުކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.


މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ބިލު ފާސްކުރަން ގިނަ މެންބަރުން ދެކޮޅު ވެސް ހެއްދެވި އެވެ. ނަމަވެސް ބިލު ފާސްކުރީ، ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން އެންގުމުންނެވެ.
ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެއީ ގާނޫނުއަސާސީއާ ފުށުއަރާ ބިލެއް ކަމަށް ލަފާ ދެއްވުމުންނެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީ ރިޔާސަތުން ވަނީ އިއްވާފަ އެވެ.
އެ ބިލު އިސްލާހު ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ 50 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗުކުޑަ ކުރަން ފާސްކުރި ދަނޑިވަޅަކީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުގައި ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް، އެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް