ހުސްވެފައިވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް ހޮވައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.


މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވީ އަރީޝް އެކަންޏެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް އެންމެ މެންބަރަކު ކުރިމަތިލުމުން ފެންނަ ނުފެންނަ ވޯޓެއް ސިއްރުން ވަނީ ނަގައިފަ އެވެ. އެ ވޯޓު އަރީޝް ކާމިޔާބުކުރީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އިއްތިފާގުންނެވެ.
އަރީޝް ވަނީ އޭނާއަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައި، އެއްވެސް މެންބަރަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
މާލެ ސިޓީއަށް އާ ޑެޕިއުޓީ މޭޔަރެއް ހޮވީ، އެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް