ތިރީހަށްވުރެ ގިނަ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަނީ

Loading

Facebook
Twitter
WhatsApp

ތިރީހަށްވުރެ ގިނަ ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަމުންދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ ”ސުވެނިއަރ 34“ ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށެވެ. އަދި މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އުޅަނދުގައި 38 މީހުން ދަތުރު ކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް