ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަދު ކުރަން ހުށަހެޅި ބިލް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

Loading

February 26, 2025
sandhaanu news
Facebook
Twitter
WhatsApp

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަދު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ކޮމިޓީގެ މަސައްކަތް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އެގޮތުން ސްޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި 7 ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހާއެކު ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

މި ބިލް ފާސްކުރަން ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓު ދިން އިރު، 68 މެންބަރުންގެ ވޯޓާއެކު މި ބިލް ވަނީ ފާސްވެފައެވެ. އަދި މި ބިލަށް ތާއިދު ކޮށްފައި ވަނީ ޕީއެންސީގެ މެންބަރުން އެކަންޏެވެ.އިދިކޮޅު މެންބަރުންގެ އެއްވެސް ހުށަހެޅުމެއް ފާސްވެފައިނުވާތީ އިތުރު ބަދަލެއް ނުގެނެސް ޖުޑިޝަރީ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވަން އެ ބިލު ފާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް