ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލު ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އެގޮތުން ސްޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި 7 ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހާއެކު ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސަށް ފަހު މަޖިލިހަށް ބިލު ބަލައިގަންނަން ފެނޭތޯ އެހި ވޯޓުގައި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.އަދި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓާ އެކުގައި ބިލު ވަނީ ބަލައިގެންފައެވެ.
އެހެންކަމުން މަޖިލިހަށް ބިލު ބަލައި ގަތުމަށްފަހު މި ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
One Response
ކޮންމެ ވެރިކަމެއްގައިވެސް ޖުޑިޝަރީ އާއި ކުޅެލާނެއެވެ. އެހެނަސް އަންނަނީ ފަނޑިޔާރުގެ މިނިވަންކޮށް ދިނުމުގެ ހުވަޔާއި އެކުގައެވެ. މިކިޔާ ޑިމޮކްރެސީއެއް މުނާފިގު ސިސްޓަކަށް ބޭނުން ކުރުން ހުށްޓުވަން އެބަޖެހެއެވެ. ސޯ ސޭޑް