ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބަލަންފަށާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
އެންއައިސީން މިހެން ބުނެފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު އަވަސް ކުރަން ގޮވާލާ އިއްޔެ އެ ރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރައްޔިތުން އެއްވެ މުޒާހާރާކޮށްފައި ވަނިކޮށެވެ. އެންއައިސީން ބުނީ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ މިއީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެހެންކަމުން މި މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނާއި ގަވައިދާ ފުލުހުން އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ދިވެހި ފުލުހުން އަމަލުކޮށްފައިވޭތޯ ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އާންމު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ އެޗްއާރްސީއެމުންވެސް މިހާރު ވަނީ ތަހުގީގު ފަށާފައެވެ.
One Response
Fuluhu dhen kongothakahtha vaki amalukuraanee FULHUN nah thikahala haadhisaa thakuga AMALU kuran hamajehifa onna USOOLUN beyrun ethanah dhiya nuvatha fonuvi KON FULUHEHGETHA ge maslahathehtha thikamuga onnaanee hama FULUHUN BADHUNAAM KURANVEGEN THI MASAHKAIY KURANEE.