ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެ މަނިކުފާނުގެ އުފަން ރަށް ކަމުގައިވާ އދ.މާމިގިލީގައި މިސްކިތެއް ބިނާ ކޮށްދެއްވައިފިއެވެ.
މިއީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ގާސިމް އެ ރަށުގައި ބިނާކޮށްދެއްވި މިސްކިތެކެވެ. މި މިސްކިތުގެ ނަމަކީ مسجد الذكرى އެވެ. މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން މި މިސްކިތް ބިނާކުރުމަށް ބިންގާ އަޅާފައި ވަނީ 14 ޑިސެމްބަރު 2024 ގައެވެ. އަދި މި މަސައްކަތަށް ހޭދަކޮށްފައި ވަނީ މުޅިއެކު 57 ދުވަހުގެ މުއްދަތެކެވެ.
މި މިސްކިތުގެ އިތުރުންވެސް ޤާސިމް އަންނަނީ މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާ ކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.