ތ. ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ވިލުފުށީގައި ހުރި ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ މައްސަލައެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 12:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެެއް އަދި ހާމަކޮށްފައެއް ނުވެއެވެ.