އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި 5 މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
މި ހާދިސާގައި ރަހީނުކޮށް އަނިޔާކޮށްފައި 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 1:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނުމުން އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން ފުލުހުން އެ ސަރަހައްދު ބަލަމުން ދިޔައިރު ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އެ ކަމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހުންނާ 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެފައިވެެއެވެ.