މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން

Loading

February 9, 2025
sandhaanu news
Facebook
Twitter
WhatsApp

މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއް ކަމަށެވެ. މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ، މަސްވެރި ސިނާއަތަކީ، ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށެވެ.

ހަމައެހެންމެ ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްގީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް