ކޮޗިން އެއާޕޯޓްގެ ކެފޭއެއް ކައިރީ ހުރި ކުނި ވަޅަކަށް ވެއްޓި 3 އަހަރުގެ ކުއްޖަކު މަރުވެއްޖެ

Loading

February 8, 2025
sandhaanu news
Facebook
Twitter
WhatsApp

ކޮޗިން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުރި ކެފޭއެއްގެ ފަހަތުގައި ހުރި ކުނި ވަޅުގަނޑަކަށް ވެއްޓި ރާޖަސްތާނުގެ ތިން އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ރާޖަސްތާނަށް ނިސްބަތްވާ ސައުރަބްގެ 3 އަހަރުގެ ދަރިފުޅު ރިތަން ޖާޖޫއެވެ. ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (ސީއައިއޭއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ޑޮމެސްޓިކް ޓާމިނަލްގެ ބޭރުގައި ހުންނަ ‘އަނާ ސާރާ’ ކެފޭގެ ފަހަތުގައި ކަމަށެވެ.

އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 12:30 ހާއިރުއެވެ. އެ އާއިލާ ކޮޗިން އެއާޕޯޓަށް ޒިޔާރަތްކޮށްފައި ވަނީ ފަތުރުވެރިންގެ ގޮތުގައި ކަމަށެވެ. އެ ކުއްޖާ ވަޅުގަނޑަށް ވެއްޓި މަރުވެފައި ވަނީ އެ އާއިލާ މެންދުރުގެ ކެއުމަށް ކެފެޓީރިއާ ކައިރީގައި މަޑުކޮށްލި ވަގުތުއެވެ.

އެ ކުއްޖާ ވީނުވީތަނެއް ނޭނގި ގެއްލިގެން އާއިލާއިންނާއި ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދު ބަލައިފާސްކުރިއިރު އެ ކުއްޖާ ފެނިފައި ވަނީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް މަތިނަގާފައި ހުރި 4 ފޫޓުގެ ފުން ”ގާބޭޖް ޕިޓް“ އެއްގެ ތެރެއިންނެވެ.

ކުއްޖާއަށް ހޮޑުލެވިފައި ވާއިރު ވަޅުގެ ތެރެއިން އޭނާ ނެގި އިރު އޮތީ ހޭނެތިފައެވެ. އެ ވަގުތުން ފެށިގެން އަވަސްފަރުވާދޭން ފަށާފައި ވާއިރު ހޮސްޕިޓަލަށް ކުއްޖާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް