ކުށުގެ ވެށީގައި ގޮތް ހުސްވެފައި ތިބި ޒުވާނުންނާ ދައުލަތުން ހަވާލުވާނެ:ރައީސް

Loading

February 6, 2025
sandhaanu news
Facebook
Twitter
WhatsApp
ފޮޓޯ:ރާއްޖެ އެމްވީ

ކުށުގެ ވެށީގައި ރާއްޖޭގެ ޒުވާނުންގެ، ޒުވާން އުމުރު ބޭކާރުވެގެންދާ ދިއުން ނިމުމަކަށް ގެނައުމަށް އެ ޒުވާނުންނާ ދައުލަތުން ހަވާލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

 ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ.

މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮންނަ ހާލަތަށް ނިމުމެއް ގެންނަން ބޭނުންވާ ކަމަށެވެ. އަދި އެ ޒުވާނުންނާ ދިވެހި ދައުލަތުން ހަވާލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ޒުވާނުނާ ދައުލަތުން ހަވާލުވުމަށްފަހު އަހުލާގާއި ސުލޫކު ރަނގަޅު، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރެވޭނެ ކަމަށެވެ.އެގޮތުން މިކަމަކީ ވެސް ވަރަށް މާތް މަޤުސަދެއްގައިކުރާ ކަމެއް ކަމަށާއި މި ނިޒާމުގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި އިލްމާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ޒުވާނުން މި ޤައުމުގައި ބިނާކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ”މި ޚިދުމަތުގެ ތެރެއިން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ދިވެހި ޒުވާނުން ބައްޓަންކުރެވޭނެ“ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް