އެންޑީއޭގެ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން:ލުބްނާ

Loading

Facebook
Twitter
WhatsApp

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން ކަމަށް އެންޑީއޭގެ ޗެއަރޕާސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.

ލުބްނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ސަރުކާރާއި ހަވާލުވިއިރު 700އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 150އަށް ތިރި ކުރެވިއްޖެ ކަމަށެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

ހަމައެހެންމެ ކޯޓުން ހަމަ ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުން އަންނަ ކަމަށާއި އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އަދި އެހާ ބޮޑު ނޫން ކަމަށާއި ނަމަވެސް ހުކުމްކުރާ ސްޕީޑްގައި މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ހަމަ ވަރަށް އަވަސް އަވަހަށް ފަރުވާއަށް މީހުން ވެއްދޭތޯ ވަރަށް ގިނަ މަސައްކަތްކުރަމުން އަންނަކަމަށް ލުބްނާ ވަނީ ވިދާޅުވެފައެވެ.

ލުބްނާ ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ޚާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށާއި އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށެެވެ.

ރިމާންޑް އޮޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަަށެވެ. މީގެ އިތުރުން މި މީހުންނަކީ މާލޭގެ މަގުތަކުން އަދި ގޭގެއިންނާއި ރާއްޖޭގެ ރަށްރަށުން ނަގާފަ ތިބި މީހުންކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ ރިމާންޑަށް ނެގުމުން އޯވަރޑޯޒްވާ އަދަދު އެބަ މަދުކުރެވޭ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް