ފާއިތުވި ފަސްމަސްދުވަހު ރާއްޖެއިން ކެންސަރަށް ފަރުވާ ހޯދަން 217 މީހުން ރަޖިސްޓްރީ ވެފައިވޭ

Loading

Facebook
Twitter
WhatsApp

ފާއިތުވި ފަސްމަސްދުވަހު ރާއްޖެއިން ކެންސަރަށް ފަރުވާ ހޯދަން 217 މީހުން ރަޖިސްޓްރީ ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައި ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެންނެވެ.މި އަހަރުގެ ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ޔުނައިޓެޑް ބައި ޔުނީކް“އެވެ.

އެޗްޕީއޭއިން ބުނީ މާލޭގެ ހޮސްޕިޓަލްތަކުން 2019 ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ މައުލޫމާތުގައި ރާއްޖޭގައި ކެންސަރުގެ ބާއްވަތްތަކުގައި ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް، ލިވާ އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެ ދަފްތަރުގައި 1،400 މީހުން ތިއްބަސް، މިއަދު އެ އަދަދު މި އަަހަރުގެ މިހާތަނަށް 1،617 އަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން ފާއިތުވި ފަސް މަސް ތެރޭގައި، ގާތްގަނޑަކަށް 217 މީހުން އެ ރަޖިސްޓްރީ އަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް