ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ދަރުސްތަކެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ދަރުސްތަކެއް ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ’މަޖާސިލް ރަމަޟާން’ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބާއްވަން ފަށާފައިވާ ކަމަށެވެ.

މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައެވެ. މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވުޒާރާއާއި ކައުންސިލްތަކާއި ގުޅިގެންނެވެ.

މި ދަރުސްތަކުގެ ތާވަލު ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ޙިއްސާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތަކަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭހެން މަޝްހޫރު ޢިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސްތަކެއް ކަމަށާއި މި ދަރުސްތަކުގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ބައެއް މަޢުޟޫއުތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދައިގެ ޙުކުމާއި، ރޯދައިގެ މާތްކަމާއި، ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް