ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ވަނީ ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެ ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް އެދިފައެވެ.
ސްޓެލްކޯއިން މިއަދު ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މިކަމާއި ގުޅިގެން ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.