މިއަދު ހެނދުނު ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓު ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:19ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ހާމަކޮށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ 9:05ހާއިރު އޭނާ ނިޔާވެފައިވާ ކަމަށެވެ.ފުލުހުން ބުނީ ނިޔާވެފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.