ބިދޭސީއެއްގެ އަތުން 30،000 އަށްވުރެ ގިނަ ފައިސާ ފޭރިގަތް ދެ މީހުންގެ ބަންދަށް 10 ދުވަސް!

Loading

January 31, 2025
sandhaanu news
Facebook
Twitter
WhatsApp

މާލޭގައި ބިދޭސީއެއްގެ އަތުން 30،000 އަށްވުރެ ގިނަ ފައިސާ ފޭރިގަތް ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 2:12 ހާއިރު ކަމަށެވެ.

އެ ބިދޭސީ މީހާގެ އަތުން އެ ދެ މީހުން 33،500ރ. ފޭރުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ފުލުހުން މިހާރު ވަނީ އާންމުކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ހ. ރެދަން، ފަވާޒް ކަޅުތުއްތު (36އ)، އާއި ތ. ތިމަރަފުށި، ލަކީ ހައުސް، ސޮފްވާން އަލީ (36އ) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަސް އިތުރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް