ސަރުކާރުން އެންމެ އިސްކަންދެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށަން

Loading

January 30, 2025
sandhaanu news
Facebook
Twitter
WhatsApp

ސަރުކާރުން އެންމެ އިސްކަންދެއްވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްފެށުމަށްފަހު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރުގެ ކުންފުނިތައް މޮބިލައިޒްކޮށް، މަސައްކަތްފަށައި، އެ މަޝްރޫޢުތައް ނިންމުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އުލިގަމު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތް ހަވާލުކުރުމަށްފަހު، އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވިފައިވާ ޤައުމީ ތަރައްޤީ އާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިފައިވާ އެތައް މަޝްރޫޢެއް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެންމެ މުހިންމުކަމަކީ މިފަދަ މަޝްރޫޢުތައް ފަށައި، އޭގެ ނަފާ ރައްޔިތުންނަށް ލިބުން ކަމަށާއި އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް މޮބިލައިޒްކޮށް، މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެކަމަށް ދައުލަތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އުލިގަމުގެ ތަރައްޤީއަށް، ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނޭކަން އިޢުލާންކުރައްވާފައެވެ. އަދި، ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއި، ފެބްރުއަރީ މަހު ހަރުކުރެވި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އުލިގަމު ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށްއެމް.ޓީ.ސީ.ސީ އާއި ހަވާލުކޮަށްގެން އެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް