ހުޅުމާލެ ފޭސް 2ގެ އެޕާޓްމަންޓަކުން ވަގަށްނެގި 2000 ޑޮލަރުގެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތުކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި ސެންޓުފުޅި ތަކަކާއި އަންނައުނާއި ބޫޓު އަދި އަވިއައިނު ހިމެނޭކަމަށެވެ. މީގެ އިތުރުން ވެރިފަރާތާއި ހަވާލާދީ ފުލުހުން ބުނީ މި ތަކެތީގެ އަގަކީ 2000 ޑޮލަރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.
One Response
މިހާރު ފުލުހުންގެ އިދާރާ ކުރިއެރިވަރުން ގައުމުގެ ފައިސާއިން އަގުކުރުމަކީއެސް ކުޅަދާނަވެގެންވާވަރުގެ ކަމަކައްނުވޭ