ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ޔޫރަޕްގެ ގައުމުތަކަށް ފުޅާވެގެން ހިނގައިދާނެކަމަށާއި އެހާލަތުގައި އެމެރިކާގެ ބައިވެރިވުން ނުލިބިއްޖެނަމަ ނޭޓޯއަށް ޔޫރަޕް ދިފާއުކުރުމަކީ ވަރަށް އުދަނގޫ ވާނެކަމަށް މިލިޓްރީ ތަޖްރިބާކާރުން ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ހާމަކޮށްދީފިއެވެ.
މި ވާހަތައް ފެންމަތި ވެގެން މިއައީ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބަސްމަގުހުރިގޮތުން ނޭޓޯއަށް އެމެރިކާގެ މިލިޓްރީއެހީ ނުލިބިދާނެކަމަށް ބެލެވެން ފެށުމުންނެވެ. ޔޫރަޕްގެ ގައުމުތަކު ދިފާއުގެ ބޮޑު ހިއްސާއެއް އޮންނަނީ އެމެރިކާގެ ބޮލުގައި އަޅާފައެވެ. ޔޫރަޕުން އެމެރިކާޖަހާ ބެރަށް ނަށަން މަޖުބޫރު ވެފައިވަނީ މިސަބަބާހުރެ ކަމަށް ބުނެއެވެ. ޔޫރަޕްގެ ގައުމުތަކުގެ ދިފާއަށް ބޭނުންކުރާ ދިފާއީ ނިޒާމް “ ސީޑް“ ސަޕްރެޝަން އޮފް އެނެމީ އެއާރ ޑިފެންސަސް އަކީ ވެސް އެމެރިކާގެ ހިއްސާ އެކެވެ. އެއްވެސް މިލިޓްރީއަކުން އެ ގައުމުގައި ވަރުގަދަ އެއާރ ޑިފެންސް ނިޒާމެއް ގާއިމް ކުރެވިފައި ނެތިއްޖެ ނަމަ އެގައުމެއްގެ ވައިގެ ހަމަލާތަކާއި އެކަމަށް ބޭނުންކުރާ ހަނގުރާމަމަތީ ބޯޓުތައް އޮންނާނީ ދުޝްމަނުން ބޭނުންކަމެއް ކުރަން ހާމަކޮށް ހުޅުވާ ލެވިފައެވެ. ނަތީޖާއެއްގެ ގޮތުން އެއްގަމު ލަޝްކަރުތަކަށް ހިމާޔަތް ދެވޭނެގޮތެއްވެސް ނޯންނާނެއެވެ.
އިނގިރޭސިވިލާތުގެ ރޯޔަލް އެއަރޯނޯޓިކަލް ސޮސައިޓީގެ ޚާއްސަ ތަޖްރިބާކާރު ޓިމް ރޮބިންސަން ބުނެފައިވަނީ “ ސީޑް “ ގެ ބަދަލުގައި ބޭނުންކުރާނެ އެހެން ނިޒާމެއް ޔޫރަޕްގައި ނެތުމަކީ ބޮޑު މައްސަލައަކަށް ވާނެކަމަށެވެ. އޭނާގެ ބަހުން ބުނާނަމަ “ ވިދަރ ދަ ވައިން “ ނުވަތަ ލަސްލަހުން މަރުވުމާ އެއްފަދަ ހާލަތަށް ވާނެއެވެ.
އިޓަލީއާއި ޖަރުމަނުގައި “ ސީޑް “ ގެ ބަދަލުގައި ބޭނުންކުރެވިދާނެ އެހެން ނިޒާމެއް ހުރީ ގާއިމްކޮށްފައެވެ. އެކަމަކު އެ ނިޒާމްތައްހުރީ މިއަންނަ އަހަރު “ މުސްކުޅި ކުރައްވަން “ ޖެހޭ ހާލަތުގައި ބަލިއެނދުމަތީގައެވެ.
ނޭޓޯގެ ބައެއް މެމްބަރު ގައުމުތަކުގައި އެފް-16 އޮޕަރޭޓް ކުރެއެވެ. އަދި އެއިން ކޮންމެވެސް ވަރަކަށް “ ސީޑް “ ގެ ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް “ ސީޑް “ ގެ ބޭނުން ފުރިހަމަގޮތުގައި ބޭނުންކުރުމަށްޓަކައި އެމެރިކާގެ އެއާރފޯސް އިން ބޭނުންކުރާ “ ފަލްކަން “ ގާއިމް ކުރެވިފައިވާ ފަދައިން ހައި ސްޕީޑް އެންޓި=ރޭޑިއޭޝަން މިސައިލް “ ހާރމް “ ގެ ވަސީލަތް ގާއިމް ކޮށްފައި ހުރުން ބޭނުމެވެ. ޖަރުމަނާއި އަދި އިޓަލީގެ ޓޮރނާޑޯގައި އެއާރކްރާފްޓްގައިވެސް “ ހާރމް “ ގެ ވަސީލަތް ގާއިމްކުރެވިފައި ހުންނަން ޖެހޭނެއެވެ.
އެމެރިކާގެ ބައިވެރިން އެފް-35 ގެ ފައިޓަރ-ޖެޓް ހޯދުމަށް މަސައްކަތް ކުރަމުންގެންދާކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ވަރަށް މަދު ގައުމަކުން މެނުވީ އޭ ޖީ އެމް-88 މަރުކާގެ މިސައިލް ހޯދަން އުޅޭތަނެއް ނުފެނެއެވެ.
އެފް-35 ފަރުމާކޮށްފައިވަނީ “ ސީޑް “ ގެ ވަސީލަތް ބޭނުން ކުރެވޭ ގޮތަށެވެ. ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އެފް-35 އިން “ ސީޑް “ ގެ މަގްސަދު ހާސިލު ކުރެވުނު ކަމުގައި ވިޔަސް ޑެސްޓްރަކްޝަން އޮފް އެނެމީ އެއާރޑިފެންސަސް “ ޑެޑް “ އަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށް ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓުގެ ތަޖްރިބާކާރު ޖަސްޓިން ބްރޯންކް ބުނެފައިވެއެވެ. “ ސީޑް އާއިއެކު ޑެޑް “ ގެ ވަސީލަތް ނެތުމުން މިޒަމާނުގެ ހަނގުރާއެއްގައި ފަހަތުފަޔަށް ބުރަވުން ބޮޑުވާނެއެވެ.
މިޒަމާނުގައި ހަނގުރާމައެއްގެ ކުޅިފަސް އަތުލުމަށްޓަކައި މޯބައިލް ސަރފޭސް ޓް އެއާރ މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން ދެނެގަނެ ނައްތާލެވޭނެނިޒާމުތައް ގާއިމް ކޮށްފައި ހުރުން ކޮންމެހެންވެސް ބޭނުންކަމަށް ރޭންޑް ކޯޕަރެޝަންގެ ތަޖްރިބާކާރު މަޓިއާން އީކަން ބުނެފައިވެއެވެ.
ރަޝިޔާއާއި ދެކޮޅަށް ހުޅަނގުގެ ގައުމުޔަކުން ނިކުންނަން ޖެހޭ ހަނގުރާމައެއް ކާމިޔާބު ކުރެވުން ލެނބިފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ހަތިޔާރުގެ މޮޅުކަމާއި ހުނަރާއި ގާބިލު ކަމުގެ މައްޗަކަށް ނޫނެވެ. އަދި ކިއެއްތަ ރަޝިޔާގެ ހަތިޔާރާއި ހުނަރާއި ގާބިލުކަމުގެ ނުކުޅެދުންތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ.