ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އައްޔަންކޮށްފިއެވެ.
ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދުގެ އިސްތިއުފާ ގަބޫލުކުރައްވާ އެ މަގާމުން އޭނާ ވަކިކޮށްދީފައިވާ ކަމަށެވެ.
އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.