އީރާނުން އިސްރާއީލަށް ސައިބަރ އެޓޭކެއް ދީފާނެކަމާއި 72 ގަޑިއިރުގެ ކައުންޓް ޑައުން ފެށިއްޖެކަން އެނގުމާއެކު އިސްރާއީލުގެ މަރުކަޒީ ބޭންކުން އެގައުމުގެ މާލީ އިދާރާތަކުން ޚަބަރުދާރުވެ ތިބުމަށް އިންޒާރު ދީފިއެވެ.
އެގޮތުން މި ސައިބަރ އެޓޭކުން ރައްކާތެރިވެ ތިބުމުގެ ތަމްރީނުތައް މާލީ ދާއިރާތައް ގުޅިގެން ވަނީ ފަށައިފިއެވެ. ވައި ނިއުސް އިން ބުނެފައިވާގޮތުގައި މި ސައބަރ އެޓޭކުގައި އޭޓީއެމް މެޝިންތަކާއި ކާރޑުތަކަށް ނުރައްކާވެދާނެކަމަށްބެލެވެއެވެ. އަދި އިސްރާއީލަށް އަންނަ މިބާވަތުގެ އިންޒާރަކަށް އެ ގައުމުން ފަރުވާ ކުޑަނުކުރާނެއެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުކުރެއްވުމަށްފަހު މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ހެޔޮބަދަލުތަކެއް ބައެއް މީޑިއާތަކުން އެބަ ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ސައޫދީ އެރޭބިޔާއާއި އީރާނު ގުޅިގެން ބޭއްމި މިލިޓްރީ ތަމްރީނުތަކަކީ ޗައިނާގެ އިރުޝާދާއި ބެލުމުގެ ދަށުން ހިނގާދިޔަ ތަމްރީނު ތަކެއްކަންވެސް މީޑިއާތަކަށް ތިލަ ވެއްޖެކަމަށް އިސްރާއީލުގެ އެންމެ މަޝްހޫރު މީޑިއާ ވައި-ނިއުސް ޑޮޓް ކޮމް އިން ވަނީ ޚަބަރު ދީފައެވެ.
ޗައިނާގެ ޚާއްސަ ބެލުމުގެ ދަށުން ސައޫދީ އެރޭބިއާއާއި އީރާނުގެ ގުޅުން މިލިޓްރީ ތަމްރީނު ތަކާއި އިގްތިސާދީ އެއްބައިވަންތަކަމުގައި މުޅިން އާ ލެވެލް އަކަށް ދަތުރު ފަށައިފިއެވެ. ސިޔާސީ ބައެއް ބޭފުޅުން ދެކި ވަޑައިދަންނަވާގޮތުގައި ސައޫދީގެ ބޭނުމަކީ ހުޅަނގުގެ ހައްދުންނައްތާލާފައިވާ އިގްތިސާދީ ދުއްތުރާތަކުން އީރާނަށް އެހީތެރިކަމުގެ އަތެއް ދިއްކުރުމެވެ. އަދި އެމެރިކާ އިން ބޭނުންވާގޮތަށް ސައޫދީ އެރޭބިޔާ އިޜާނާ ދުރުކޮށް އިސްރާއީލާއި ގާތްކުރުން މާޒީގެ ތެރެއަށް ވަދެ ފޮރުވިގެން ދިޔައީކަމަށްވެސް ބެލެވެން ފަށައިފިއެވެ. ޗައިނާއިން ބޭނުންވާގޮތަށް ސައޫދީ އެރޭބިޔާއާއި އީރާނުގެ ވާހަތައް އެކުއެކުގައި ލިޔެވިގެން ހިނގައިދާނެ ކަމުގެ ފެހި ސިގްނަލްތަކަށް އަލިވިލެން ފަށައިފިކަހަލައެވެ. ރިޔާޒުގައި އޮތް އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ސައޫދީ ޚާރިޖީ ވަޒީރު އީރާނުގެ ޚާރިޖީ ވަޒީރާއި ސަލާން ކުރެއްވުމަށްފަހު އަތްޕުޅުގައި ހިތްޕަވައިގެން ވަލީ އަހްދު މުހަންމަދު ބިން ސަލްމާނު އަރިހަށް ގެންދިއުމަކީ އާދައިގެ ބައްދަލު ކުރެއްވުމެއް ނޫނެވެ.