ހަނގުރާމައިގެ ޖަރީމާތައް ޖެހޭނީ ވަގުތުން ހުއްޓާލަން: މުހަންމަދު ބިން ސަލްމާން

Loading

Facebook
Twitter
WhatsApp

ސައޫދީ އެރޭބިއާގެ ރިޔާޒުގައި ހިންގަމުންދާ އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ގައްޒާއާއި ލެބަނަންގައި އިސްރާއީލުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކަށް ނުރުހުން ފާޅުކުރައްވައި އެ ޖަރީމާތައް ޖެހޭނީ ހުއްޓަން ކަމަށް ސައޫދީ އެރޭބިއާގެ ވަލީ އަހްދު މުހަންމަދު ބިން ސަލްމާނު ވިދާޅުވެއްޖެއެވެ.

ވަލީ އަހްދުގެ ވާހަކަފުޅުގައި އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދަނީ ނަސްލެއް ނައްތާލުމުގެ ގަތުލު އާންމެއް ކަމުގައި ސިފަކުރައްވައި މެދު އިރުމަތީގެ ހާލަތާ ދޭތެރޭ ސައޫދީ އެރޭބިއާއިން މީގެ ކުރިން ދުވަހަކުވެސް ބޭނުން ކޮށްފައި ނުވާފަދަ ހަރުކަށި ބަސްފުޅުތަކެއް ބޭނުން ކުރެއްވި ކަމަށްވެއެވެ. މި ބައްދަލުވުން ފެށުމުގެ ކުރިންވެސް މުހަންމަދު ބިން ސަލްމާނު ވަނީ އިސްރާއީލުން ލެބަނަންއާއި ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލު އާންމެއްކަން ސިފަކުރައްވައި އެ އަނިޔާވެރި ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައިހުރި އެންމެހާ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުރުމަށް ގޮވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅަށް އަރަބް ލީގުގެ އާންމު ސެކްރެޓަރީ އަހްމަދު އަބްދުލް ޣައިތު ވަނީ ހިތްވަރު ދެއްވާފައެވެ. އެ މަނިކުފާނުގެ ވާހަކައިގާ ވިދާޅުވެފައި ވަނީ ފަލަސްތީނުގެ މައްސަލައިގާ އިސްރާއީލުން ގެންގުޅޭ ވިސްނުމުގެ ސަބަބުން އެ މައްސަލަ ސުލްހަވެރި ގޮތުގައި ހައްލުކުރުމަށް ހުރަސް އެޅެމުންދާކަމަށެވެ. 

ލެބަނަންގެ ބޮޑުވަޒީރު ނަޖީބު މިކާތީ އެ ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ އިސްރާއީލުން ހިޒްބުގެ އަމާޒުތަކަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ލެބަނަން ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނގައިދާނެކަމުގެ ބިރު އުފެދިފައިވާކަމަށެވެ. 

އީރާނު ސަރުކާރުން މިވަގުތު ކޮންމެހެން ނިންމަން ޖެހިފައިވާ ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން އިސްލާމީގައުމުތަކުގެ ރިޔާޒުގައި ބޭއްވެމުންދާ ބައްދަލުކުރެއްވުމުގައި އީރާނުގެ ރައީސަށް ބައިވެރިވެ ވަޑައި ނުގެންނެވުނެވެ. އެވާހަކަ އެމަނިކުފާނު ފޯނުކުރައްވާފައި މުޙަންމަދު ބިން ސަލްމާނަށް ދަންނަވާފައި ވެއެވެ. އަދި އެމަނިކުފާނުގެ ބަދަލުގައި އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙަންމަދު ރިޒާ އާރިފް ބައިވެރިވެ ވަޑައިގަންނަވާނެކަމަށްވެސް ވަނީ ދަންނަވާފައެވެ. 

އެ ބައްދަލު ކުރެއްވުމުގައި ތުރުކީގެ ރައީސް އުރުދުޣާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ނައިޖީރިއާގެ ރައީސް ބޯލާ ޓުނުބޫ ބައިވެރިވެ ވަޑައިގެންނެވިކަމަށް އެސޯޝިއޭޓޭޑް ޕްރެސްއިން ބުނެފައިވެއެވެ. 

މި ބައްދަލުވުން ކުރިއަށްދާއިރު ބައިވެރިވެ ވަޑައިގަންނަވާ އިސްލާމީ ގައުމުތަކުގެ ވެރިންގެ ވިސްނުން ފުޅުގައި އެމެރިކާގެ ރިޔާސަތަށް ދެވަނަ ފަހަރަށް އިންތިޚާބު ކުރެވުނު ޑޮނާލްޑް ޓްރަމްޕް ނެތި ނުދާނެކަން ކަށަވަރުކުރެވެއެވެ. ތުރުކީގެ ރައީސް ވިދާޅުވަފައިވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ވަކި މިންވަރެއް ގެންގުޅުއްވާނެ ކަމަށާއި އަދި މެދު އިރުމަތީގެ ހަނގުރާމަ ހުއްޓުވާނެކަމަށް ރައީސް ޓްރަމްޕް ވެފައިވާ ވައުދު ފުއްދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.  ރައީސް ބައިޑްންގެ ރިޔާސަތުގައި އެމެރިކާއާއި ތުރުކީ ގެ ހީނަރު ވެފައިވާ ގުޅުން ’ މައި ފްރެންޑް ’ ޑޮނާލަޑް ޓްރަމްޕްގެ ރިޔާސަތުގައި އަލުން ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަމެވެ. ރައީސް އުރުދުޣާން ރޮއިޓާރސް އަށް ވިދާޅުވިއެވެ. 

މި ބައްދަލުވުން ނިމިގެން ދިޔައީ އާންމުގޮތެއްގައިވެސް މުސްލިމް ލީޑަރުންގެ އެއްބައިވަންތަކުމުގައި ހުރި ރެނދުތައް އަނެއްކާވެސް ހާމަވެ އިސްރާއީލާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށާއި އިސްރާއީލަށް އަރަބި ގައުމުގެ ތެޔޮ ލިބޭނެގޮތްތައް ބަންދުކުރަން ގޮވާލި ގޮވާލުންތަކަށާއި އަދި ސިޔާސީ ގުޅުން ކަނޑާލުމަށް އެއްބަސްވުމަކަށް ނާދެވުނެވެ.
މި ބައްދަލުވުމުގައި އިސްރާއީލުން ގައްޒާގައި ހިންގާ ގަތުލު އާންމު ހުއްޓާލައި އެ ގައުމުގެ ސިފައިން އެއްކޮށް ގައްޒާއިންނާއި ލެބަނަނުން ފޭބުމަށް ގޮވާލުމުގެ ހުޅަނގު އައްސޭރީންވެސް ފައިބަން ޖެހޭނެކަމަށް ގޮވާލުމުގެ އެންމެ އިސް ސަފުގައި ސައޫދީ އެރޭބިއާގެ ވަލީ އަހްދު މުޙަންމަދު ބިން ސަލްމާނު ހުންނެވިކަން ފާހަގަވެގެން ދިޔައެވެ.

މި ބައްދަލުވުމުގައި ދެން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ޔުނައިޓެޑް ނޭޝަންސްގެ މެމްބަރުކަމުން ނެރެ އެ އިމާރާތުގެ ބޭރުގައި އިސްރާއީލު ގަނޑުކޮށްފައި ބެހެއްޓުމަށް ގޮވާލި ގޮވާލުމަށް ހުރިހާ ލީޑަރުންގެ ތާއީދު ލިބުމެވެ. އެކަމަކު އެއީ ހުވަފެނަކުންވެސް ފެނުން އެކަށިގެންނުވާ ގޮވާލުމެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް