ދާދި ދެންމެއަކު އަވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދި ދެންމެއަކު ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ.
ވޭޕް ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާ ކުރަން މިއަދު ރައީސް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވާ އިހްސާން ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެންނެގި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު ސަބަބަު ކަމަށެވެ.