އިރާނުން ދިން ހަމަލާއަށް އިޒްރޭލުން ރައްދުދީފިނަމަ، އެއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ހަމަލާއެއް ދޭނަން:އިރާން

Loading

Facebook
Twitter
WhatsApp

އިރާނުން ދިން ހަމަލާއަށް އިޒްރޭލުން ރައްދުދީފިނަމަ، އެއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ހަމަލާއެއްދޭނެ ކަމަށް އިރާނުން ބުނެފިއެވެ.
އިޒްރޭލަށް ނިސްބަތްކޮށް އީރާނުގެ ސިފައިންގެ ޗީފް ކޮމާންޑަރ މޭޖާ ޖެނެރަލް އަބްދުލްރަހީމް މޫސާވީ ވަނީ އީރާނުގެ ބަދަލު ހިފުމުގެ މިސައިލް ހަމަލާއަށް އަންގާރަ ދުވަހު ރައްދު ނުދިނުމަށް އިންޒާރުކޮށްފައެވެ.


އެގޮތުން ހިޒްބުاللهގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝަހީދު ހަސަން ނަސްރުاللهގެ ހަނދާނުގައި ހުކުރު ދުވަހު ތެހެރާނުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، މޫސާވީ ވިދާޅުވީ އިރާނުން ދިން ހަމަލާއަށް ރައްދުދީ ޒަޔަނިސްޓުން ރައްދެއް ދީފިނަމަ އެއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ރައްދެއް ލިބޭނެ ކަމަށެވެ.

މޫސަވީ ވިދާޅުވީ ހިޒްބުاللهގެ ކޮމާންޑަރުން ޝަހީދުކޮށްލާފައިވާތީ އިޒްރޭލުން އެކަމުގެ އަގު އަދާކުރަންޖެހޭނެ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި އެކަމުގެ ހިތި ފެންނާނެ ކަމަށެވެ.
މީގެ ކުރިން ވެސް އީރާނުން މިކަމުގައި ވާހަކަ ދައްކާފައިވާ ގޮތަށް އީރާނުން ބުނެފައިވާ އެ ގައުމުގެ ބަހުގައި ހިފަހައްޓާނެ ކަމަށް މޫސާވީ ވިދާޅުވިއެވެ.
މި ދުވަސްވަރު އިޒްރޭލުން ހިޒްބުاللهގެ އިސްވެރިންނާއި ގަދަ ބާރުތައް ނައްތާލާފައިވާ ކަމަށް އަމިއްލަ ނަފްސަށް ބުނި ނަމަވެސް، އިއްޔެ އާއި އޭގެ ކުރީ ދުވަހު ހިޒްބުاللهގެ ފަރާތުން ބޮޑެތި ހަމަލާތަކެއް ދީފައިވާ ކަމަށްވެސް މޫސާވީ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މާދަމާ ވެސް ވާނީ ހަމަ އެގޮތަށް، ކަމަށް އީރާނުގެ ސިފައިންގެ ކޮމާންޑަރު މޫސާވީ ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް