ބަރޑް ފްލޫ ޖެހި ވިއެޓްނާމްގެ ޒޫތަކުގައި "ޓައިގާ" އަދި "ލަޔަން" މަރުވަނީ  

Loading

Facebook
Twitter
WhatsApp

ދެކުނު ވިއެޓްނާމްގެ ޒޫތަކުން ފާއިތުވި މަހެއްހާދުވަހުގެތެރޭ އެތައް ”ޑަޒަން“ ”ޓައިގާ“ އަދި ”ލަޔަން“ ކިޔާވައްތަރުގެ މިނިކާވަގު މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.އަދި ހެދުނު ޓެސްޓް ތަކުން ހާމަވެފައިވާ ގޮތުގައި ޖަނަވާރުތައް މަރުވެފައިވަނީ ”ބަރޑް ފްލޫ“ ނުވަތަ ދޫނި ރޯގާ ޖެހިގެން ކަމަށް ހެލްތު މިނިސްޓްރީއާއި ހަވާލާދީ ސްޓޭޓް މީޑިޔާއިން ބުނެފައި ވެއެވެ.

މިގޮތުން ޑޮންގނައި ޕްރޮވިންސް ގެ މެންގޯ ގާޑްން ރިސޯޓުން މަރުވި ބައެއް ޓައިގަރުގެ ސާމްޕަލް ނެގިއިރު އެޗްފައިވް އެންވަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާ،މިދިޔަމަހުގެ ކުރީ ކޮޅުން ފެށިގެން އެރިސޯޓުން 20 ޓައިގާ މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ޖެހިގެން އޮތް ލޯންގ އެން ޕްރޮވިންސުން ސެޕްޓެމްބަރ 6ން 18އަށް 27 ޓައިގާ އަދި 3 ލަޔަން މަރުވެފައިވާ ކަމަށް ޕްރޮވިންޝަލް އެގްރިކަލްޗަރަލް އިދާރާތަކުން ބުނެފައި ވެއެވެ.

މެންގޯ ގާޑްން ރިސޯޓުން މަރުވި ޓައިގާ ތައް މަރުވުމުގެ ކުރިން ކެއީ ކުކުޅު ކަމަށާ  އެކުޅަކީ ބަލިޖެހިފައިވާ ކުކުޅު ކަމަށް ބެލެވޭ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

”ބާޑް ފްލޫ“ ނުވަތަ އޭވިއަން އިންފްލުއެންޒާ ގެރިބަކަރި،ކުއްތާ،ބުޅާ އަދި ޑޮލްފިން ފަދަ ޖަނަވާރުތަކަށް ފަސޭހައިން ޖެހެމުންދާތީ އިންސާނުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ.

ޑަބްލިއުއެޗްއޯ އިންވެސް ވަނީ ރަނގަޅަށް ކައްކައިގެންނޫނީ ކުކުޅު ނުކެއުމަށާ އަދި ބަލި އުޅޭ ސަރަހައްދު ތަކުގެ ބިސް ބޭނުން ނުކުރުމަށް އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް