2024 ގެ ރިޔާސީ ރޭހުގައި އަންހެނަކު ކުރި ހޯދަމުންދާތީ ޓްރަމްޕް ބޯގޮވައިފި

Loading

Facebook
Twitter
WhatsApp

ޑެއިލީ ބީސްޓުން މިއަދު ހަވީރު ދީފައިވާ ޚަބަރު ތަކަށް ބަލާއިރު 2024 ގެ ރިޔާސީ ރޭހުގައި އަންހެނަކު ކުރިހޯދަމުންދާތީ ކުރީގެ ރައީސް ޓްރަމްޕް ހައިރާންވެއްޖެ ކަމަށް ބުނާ ޚަބަރު ފާހަގަ ކުރެވެއެވެ.

ޓްރަމްޕް އިޝާރާތް ކުރައްވާފައި އެވަނީ މިހާރުގެ ނައިބު ރައީސާ އަދި މިއަހަރު ނޮވެމްބަރުގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓުންގެ ކެންޑިޑޭޓް ކަމަލާ ހަރިސް އަށެވެ.

އެންމެފަހުން ފޮކްސް ނިއުސް އިން ނެގި ވޯޓުގައިވެސް ކަމަލާ ހަރިސް އުޅުއްވަނީ ޓްރަމްޕަށްވުރެން 2 ޕޮއިންޓް ކުރީގައެވެ.

ޑޮނާލްޑް ޓްރަމްޕުގެ ރިޔާސީ ކެމްޕޭނުތަކުގައި ގޮތްނޭނގޭ ހާދިސާތަކެއްވެސް މެދުވެރިވާން ފަށައިފިކަމަށް ޑެއިލީ ބީސްޓުން ރިޕޯޓް ކޮށްފައި ވެއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އެރިޒޯނާގައި ކެމްޕޭން ކުރެއްވިއިރު އަރިހުގައި ތިބި 6 މީހަކަށް ގޮތްނޭނގޭ ލޮލުގެ ޒަޚަމްތަކެއް ވަނީ ލިބިފައެވެ. ބުރާސްފަތި ދުވަހު ބައެއްމީހުންގެ ލޮލަށް އެއްގޮތަކަށްވެސް ނުފެންނަކަމަށް ބުނެފައި ވެއެވެ. އަދި ބައެއްމީހުންނަށް ކެތް ނުކުރެވޭވަރަށް ކަރުގައި ރިއްސުމާއެކު ނޭފަތުން ފެންއައުންވެސް އުދަނގުލަކަށް ވިއެވެ.

ސީކްރެޓް ސަރވިސް އިން ބުނެފައިވަނީ އެ މައްސަލަ ބަލަމުން ގެންދާ ކަމަށާއި މިހާތަނަށް ކުރީގެ ރައީސަށް އެއްވެސް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމުގެ ނިޝާނެއް ފެނިފައި ނުވާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް