ޑޯގް ސްކޮޑް ބޭނުންކޮށްގެން ވީއައިއޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

Loading

Facebook
Twitter
WhatsApp

ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް