އެފްއޭއެމްގެ ފައިސާގައި ބައްސާމް 2 އެޕާޓްމަންޓް ގަތް މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ:މިހާރު

(އެފްއޭއެމް)އަށް ދިން ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފިއެވެ.

ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަން ހާމަކުރީ މިއަދު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެޕާޓްމަންޓް ގަތްކަމަށް ތުހުމަތު ކުރެވޭ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

 ފުލުހުން ބުނީ، އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ބައްސާމްގެ އިތުރުން، އަމީން އެވެނިއުގެ ވެރި ކުންފުނި އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތުމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ވަނީ ބޭނުންކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް