މީހަކު ގެއަކަށް ވައްދައި އޮރިޔާންކޮށް ބިރުދައްކައި ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ ގެއަކަށް މީހަކު ވައްދައި އޮރިޔާންކޮށް ބިރުދައްކައި ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދައުވާކުރަން ފޮނުވީ މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށެވެ.

މި ތިން މީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް