ހިޒްބުالله އިން އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް ހަމަލާދީފި

Loading

Facebook
Twitter
WhatsApp

ހިޒްބުالله އިން އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް ހަމަލާދީފިއެވެ.

ލުބުނާނުގެ ރެސިސްޓެންސް މޫވްމަންޓް ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އެ ޖަމާއަތުން ދިން ބޮޑު ރޮކެޓް ހަމަލާއެއް މިއަދު ހެނދުނު މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ހިޒްބުالله އިން ބުނީ އިޒްރޭލުގެ ވައިގެ މިސައިލް ޑިފެންސް ބޭސްއަކަށް އެތައް ސަތޭކަ ކަޓިއުޝާ ރޮކެޓު ފޮނުވާލާފައިވާ ކަމަށެވެ.

ދައުރުވެފައިވާ ފުޓޭޖްތަކުން ވަރަށް ސާފުކޮށް ފެންނަ ގޮތުގައި އިޒްރޭލުގެ އަސްކަރީ ބެރެކްތަކަށް އެތައް ރޮކެޓެއްގެ ހަމަލާވަނީ އަމާޒުވެފައެވެ.

ލުބުނާނުގެ ރެސިސްޓެންސް މޫވްމަންޓް ހިޒްބުالله އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އާންމުކޮށް ހަމަލާތައް ދެމުން އަންނަނީ ޣައްޒާ އާއި ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން  ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އިޒްރޭލުން ވަނީ ފަލަސްތީނު ވަށާލައި އަނިޔާވެރި ޖަރީމާތައް ހިންގަން ފަށާފައެވެ. މި ލާއިންސާނީ ހަމަލާތަކުގައި 46،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް