ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ

Loading

September 10, 2024
profile
Facebook
Twitter
WhatsApp

ނ.ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު އަންހެނެއް އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑްވެ ރަށު ހެލްތު ސެންޓަރަށް އެމީހާ ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

“އެއީ 50 އަހަރުގެ ދިވެހި އަންހެނެއް“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް