ޖަޕާނުގައި މި އަހަރު 40ހާހެއްހާ މުސްކުޅިން އެކަނި ގޭގައިތިބެ މަރުވެފައިވޭ

Loading

Facebook
Twitter
WhatsApp

ޖަޕާން ފުލުހުން ހާމަކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން މި އަހަރުގެ ފުރަތަމަ 6މަސް ދުވަހުގެތެރޭ އެކަނިވެސް އުމުރުން ދުވަސްވީ 40ހާހެއްހާމީހުން އެކަނި ގޭގައިތިބެ މަރުވެފައިވަނިކޮށް ފެނިފައި ވެއެވެ.

މީގެތެރެއިން ހަތަރުހާހެއްހާމީހުން މަރުވިތާ މަހަކަށްވުރެ ފަހުން ފެނިފައިވާއިރު، 130 މީހަކު ވީތަނެއް އެކަކުވެސް ނުބަލާތާ އަހަރެއްހާދުވަސް ފަހުން މަރުވެފައިވަނިކޮށް ފެނިފައިވާ ކަމަށް އެ ގައުމުގެ ނެޝަނަލް ޕޮލިސް އެޖެންސީން ބުނެފައިވެއެވެ.

އދ.ގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އުމުރުން ދުވަސްވީ މީހުން މި ވަގުތު އެންމެ ގިނައީ ޖަޕާނުގައެވެ.އެކަނި އުޅެންޖެހި،އެކަނި މަރުވާ އުމުރުން ދުވަސްމީ މީހުންގެ މައްސަލަޔަށް ސަމާލުކަން ހޯދުމަށް އދ. އިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޖަޕާނުގެ އާބާދީގެ 70 އިންސައްތަޔަކީ އުމުރުން 65 އަހަރަށް ވުރެ ދޮށީ އުމުރުގެ މީހުން ކަމަށް ޚަބަރުލިބެއެވެ.

ޕޮލިސް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެކަނި ގޭގައި ތިބެ މަރުވެފައިވާ މީހުންގެ 40 އިންސައްތަ މީހުން އެއްދުވަސްތެރޭ ފެނިފައިވާއިރު 3،939 ހަށިގަނޑު ފެނިފައި ވަނީ އެމީހުން މަރުވިތާ އެއްމަސްދުވަހަށް ވުރެގިނަ ދުވަސްވީ ފަހުންނެވެ.އަދި 130 މީހެއްގެ ހަށިގަނޑު،އެމީހުން މަރުވިތާ އަހަރެއްހާދުވަސް ފަހުންވެސް ފެނިފައި ވެއެވެ.

މިގޮތަށް މަރުވެފައިވާ މީހުންގެ 7،498މީހުންނަކީ އުމުރުން 85 އަހަރުން މަތީގެ މީހުން ކަމަށް ވާއިރު،5،920 މީހުންނަކީ އުމުރުން 75އަހަރާ 79އަހަރާ ދެމެދުގެ މީހުންނެވެ.އަދި 5،635 މީހުންނަކީ އުމުރުން 70 އަހަރާ 74 އަހަރާ ދެމެދުގެ މީހުންނެވެ. ޕޮލިސް އެޖެންސީގެ މި ތަފާސްހިސާބުތައް، އެހީތެރިއަކުނެތި މަރުވާ މީހުންގެ މަރުތައްބަލާ ޚާއްސަ ގްރޫޕަކާ ހަވާލު ކުރެވޭނެއެވެ.

ޖަޕާނުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން މި އަހަރުގެ ކުރީކޮޅު ހާމަކޮށްފައިވާ ގޮތުގައި ޖަޕާނުގައި އުމުރުން 65އަހަރުން މަތިވެފައި،އަދި އެކަނި ދިރިއުޅެމުންދާ މީހުންގެ އަދަދު 2050 ވަނަ އަހަރު އަންނަންވާއިރަށް 10.8 މިލިއަނަށް އަރާނެއެވެ.އަދި އެކަނި މީހަކު ދިރިއުޅޭ ގޭގޭގެ އަދަދު 23.3މިލިއަނަށް ހަމަ އެ އަހަރު އަރާނެ ކަމަށް ބެލެވެއެވެ.

މީގެ އަހަރުތަކެއް ކުރިންފެށިގެން ޖަޕާނަށް ކުރިމަތިވެފައިވާ އެކަނިވެރިކަމާއި އެކަހެރި ހަޔާތުގެ މައްސަލަ ހައްލުކުރުމަށް ޖަޕާން ސަރުކާރުން ވަނީ މިހާރު ޚާއްސަ ބިލެއްވެސް ފާސްކޮށްފައެވެ. މިކަން އެންމެބޮޑަށް ކުރިމަތި ވަނީ އުމުރުން ދުވަސްވީމީހުންގެ އާބާދީ ބޮޑުވުމުގެ ސަބަބުންނެވެ.

ޖަޕާނުގައި އާބާދީ އިތުރުވުން ލަސްކަމުން ފުރިހަމަ ސޮސައިޓީއެއްގެ ގޮތުގައި މަސައްކަތް ކުރުން ހުއްޓުމަކާ ގާތްވެފައިވާ ކަމަށް ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

އަވައްޓެރި ބައެއް އެހެން ގައުމުތަކަށްވެސް މި މައްސަލަ ވަނީ ކުރިމަތިވެފައެވެ. މިގޮތުން 1961ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗައިނާގައި އާބާދީ އިތުރުވި އަދަދު 2022ވަނަ އަހަރު ދަށަށް ގޮސްފައިވާއިރު،ދުނިޔޭގައިވެސް އެންމެ ދަށް ފާޓިލިޓީ ރޭޓް ދެކުނު ކޮރެޔާގައި ރެކޯޑް ކުރެވިފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް