މިއަދާ ހަމަޔަށް ވެސް އަމިއްލަ އެއްވެސް ކަމަކަށް ސަރުކާރު ބަޖެޓުގެ ލާރި ނަގާފައެއް ނުވާނެ: ރައީސް

Loading

Facebook
Twitter
WhatsApp

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމަޔަށް ވެސް އަމިއްލަފުޅު އެއްވެސް ކަމަކަށް ސަރުކާރު ބަޖެޓުގެ ލާރި ނަންގަވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ބޭސްފަރުވާއަށް އަމިއްލަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކާއި ގުޅުވައި ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

”ސަންގުޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އުސޫލުގައި އޮންނަ ގޮތުން ރައީސްގެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ އަމިއްލަފުޅަށް ފައިސާ ބޭނުންނުކޮށް އެކަން ކުރެވެން އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި ކިރިޔާވެސް އެކަމެއް ވާން އޮވެއްޖެނަމަ ހުރިހާ ކަމެއްވެސް ކުރައްވަނީ އަމިއްލަފުޅަށް ކަމުގައެވެ.

ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު މުލިއާގެ މަރާމާތުކޮށް ނިމެންދެން ދިމްޔާތުގައި ހުންނެވި ދުވަސްތަކުގައި ވެސް ގޭގައި ސެކިއުރިޓީ ސެޓަޕްހަދައި ހުރިހާ ކުއްޔަށްދޭ ކޮޓަރިތައް ހަމަޖެއްސުމާއި، އޭގެ އިތުރުން ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހުރިހާ ޚަރަދެއް ކުރީ މުލިއާގޭ ބަޖެޓުން ކަމަށް ބުނެ ވަރަށް ގިނަ ތުހުމަތުތައް ކުރެވިފައިވީ ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމަޔަށް ވެސް އަމިއްލަފުޅު އެއްވެސް ކަމަކަށް ސަރުކާރު ބަޖެޓުގެ ލާރި ނަންގަވާފައި ނުވާނެ ކަމަށާއި، އެފަދަ ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ވެސް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް