އިނަރ މޯލްޑިވްސްގެ ދެ އޮފީހެއް ފަޅާލައި މުދަލަށް ގެއްލުންދީފި

Loading

Facebook
Twitter
WhatsApp

އިނަރ މޯލްޑިވްސްގެ ދެ އޮފީހެއް ފަޅާލައި މުދަލަށް ގެއްލުންދީފިއެވެ.

އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިކަން ހިނގީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އޮފީހުން އަގުހުރި އެއްޗެއް ވަގުންނަށް ނުފެނުނު ނަމަވެސް ދޮރުގެ ތަޅާއި ބައެއް މުދަލަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށް ފިރާޤް ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި އަމީރުއަޙްމަދު މަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފޮޓޯ: މުޙައްމަދު ފިރާޤް/ފޭސްބުކް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް