ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރު ނުނެގޭ ގޮތް ހެދުމަކީ ބަގާވާތެއް ކަމަށް ކަނޑައެޅުން އެއީ ހެދުނު ގޯހެއް: މުހައްމަދު ފައިސަލް

Loading

Facebook
Twitter
WhatsApp

ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރު ނުނެގޭ ގޮތް ހެދުމަކީ ކުރި ބަގާވާތެއް ކަމަށް ކަނޑައެޅުމުން، އިތުރު މާލީއެހީ އަދި ބަޖެޓް ސަޕޯޓް ހޯދުމަށް ރާއްޖޭންކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމުގައި ރާއްޖޭން ޔޫއޭއީ އަށް ކަޑައަޅާފައި ކުރިން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ މިކަމުން ލިބިދާނެ ބައެއް ގެއްލުންތައް ފާހަގަ ކުރައްވާފައެވެ. މިފަދަ ގޮތަކަށް ބޭންކުން ނިންމުމަކީ ބަގާވާތެއް ކަމަށް ރައީސް މުއިއްޒު ސިފަކުރެއްވުމަކީ،ބޭންކަށާ ބޭންކުގެ ބޯޑަށް ބިރު ދެއްކުމުގެ އަމަލެއްކަމަށް ބައިނަލް އަގްވާމީ މުޖްތަމައު ގަބޫލުކުރާނެކަމަށް ވިދާޅުވެފައި ވެއެވެ.އަދި މިފަދަ ބިރުދެއްކުމުގެ އަމަލުތައް އާންމުކޮށް ފެންނަނީ ޚުދުމުޚުތާރު ސަރުކާރުތައް ވެއްޓެން ދާއިރުކަން ފާހަގަ ކުރައްވާފައިވެއެވެ.ސަރުކާރުގެ ހަރުދަނާ ފިސްކަލް ޕޮލިސީ އެއްނެތްކަމާ ކަންކަން ނިންމަނީ ހަމައެކަނި ސިޔާސީ މަންފާއަށް ކަން، މިދިމާވި ކަންތަކުން ބައިނަލް އަގްވާމީ މުޖްތަމިއުއަށް ސާފުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅުއެޅިގޮތުން ރާއްޖޭގައި ސިޔާސީ ހަމަޖެހުން އޮތް މިންވަރާމެދު ކަންބޮޑުވުން އިތުރުވެގެން ދިޔަކަން ފާހަގަކުރައްވަމުން،އެންމެ ބޮޑު ނެޝަނަލް ބޭންކުން ބަގާވާތެއް ހިންގަން އުޅުނުކަމަށް ތުހުމަތު ކުރެވުނު ގައުމެއްގައި ފައިސާ އިންވެސްޓްކުރަން އިންވެސްޓަރުން ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިހާލަތަށް ކަންތައް ދިއުމުން ބޭރުގެ އެއިޑް ޑޯނަރުން ރާއްޖެއަށް އެހީދިނުމަށް ފަސްޖެހުން އެކަށީގެންވާ ކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ކަންކަން އޮތްގޮތާމެދުވެސް ކަންބޮޑުވުން އުފެދިފައިވާކަމަށް ވިދާޅުވެފައި ވެއެވެ. މިގޮތުން މިކަން ހިނގުމުން ސަރުކާރުން ކަންތައް ކުރިގޮތުން ރާއްޖޭގައި ބަސްބުނުމުގެ މިނިވަންކަން އޮތްތޯ ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރާގޮތާ ޚިލާފަށް ރާއްޖޭގައި ކަންކުރާކަމަށް ބައިނަލްއަގްވާވީ މުޖްތަމައު އިން މިހާރު ދެކޭކަމަށް ވިދާޅުވެފައި ވެއެވެ.ނަތީޖާ އަކަށް ވާނީ ބޭރުގެ ބައެއް އެއިޑް ޑޯނަރުން އެހީދޭން ފަސްޖެހުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ބީއެމްއެލުން ފުރަތަމަ އެޅިފިޔަވަޅުން ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް  ބައިނަލްއަގްވާމީ ފަރާތްތަކުން ދިރާސާ ކުރަންފަށާފައިވާ ކަން ފާހަގަ ކުރައްވާ ބޭންކުން ދެވަނަ އަށް ކަންތައް ކުރި ގޮތުން ބޭންކުން އަމިއްލަޔަށް ގޮތް ނިންމުމުގެ ބާރު ނެތްކަން ހާމަވެފައިވާކަމަށް ވިދާޅުވެފައި ވެއެވެ.ނަތީޖާއަކަށް ވާނީ ބޭރުގެ އެއިޑް ޑޯނަރުން އެހީއެއްދިނުމުގެ ކުރިން އިތުރުމާލީ ރިޕޯޓް ތަކަށް އެދުން ކަމަށް ވިދާޅުވެފައިވެއެވެ. ޚާއްސަކޮށް ސަރުކާރުން މާލީ ތަފްސީލްތައް ހާމަކުރުން ހުއްޓާލާފައިވާކަން އެފަރާތްތަކަށް އެނގުމުން ކަންބޮޑުވުން އިތުރު ވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މިކުރިމަތިވި ހާދިސާއަށް ފަހު، އެހެން ގައުމުތަކުން ރާއްޖެޔަށް އެހީދިނުމުގެ ކުރިން، އައިއެމްއެފުން އެޅުމަށް ގޮވާލާފައިވާ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ގޮވާލެވޭ އަޑު ގަދަ ވެގެން ދިއުން އެކަށީގެންވާ ކަމަށް ފައިސަލްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.   

Loading

3 Responses

  1. އޭރުވެސް ތިޔަހެން ވިދާޅު ވާން ބޭނުން ވެދާނެބާ. އަޅުގަނޑުމެންގެ ތެރޭގައި މަގާމުގެ ދަހިވެތިކަމުގައި ސަނާކިޔައި އަތްޖެހުން ނޫންކަމެއް ދަންނަ ސިޔާސީ ބޭފުޅުން ނުފެންނާތީ މިހެން އަހާލަން ޖެހުނީ. ވަޒީފާ ނެތި ދިޔައިމާ ކޮންމެ އެއްޗެކޭވެސް ބުނެވިދާނެ.
    އަޅުގަނޑުމެންގެ ވަޒީރު ބޭފުޅުންނާ ހަވާލު ކުރައްވާފައިވާ ދާއިރާތަކުން ކަމެއް ރަނގަޅަށް ކުރެވުނަސް އެ ކަމަކީ ވެރިމީހާގެ ވިސްނުން ފުޅާއި އިރުޝާދުގެ ދަށުން ކުރެއްވި ކަމެކޭ ބުނަން އަވަސްވެ ގަންނަތަން ފެންނަނީ. ވެރިމީހާގެ އިރުޝާދު ލިބޭނެ. އެކަމަކު ތިމާމީހާ ކުރިމަކެއްވެސް އޮންނަން ޖެހޭނެ . އެވާހަ ދައްކަންވެސް ޖެހޭނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް