ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާއެއް މިރޭ

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޕީއެންއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ، ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ 20:45 ގައި އޮންނާނެ ކަމަށެވެ.

“އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން.“ އެ މެސެޖުގައިވެއެވެ.

ފަހަކަށް އައިސް ޕީއެންއެފްއިން ދޭތެރެދޭތެރެއިން އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ. މިއިން ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުމަށް ޕީއެންއެފްއިން އަބަދުވެސް މަސައްކަތް ކުރާނެއެވެ.

ފޮޓޯ: ސަން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް