ގަވާއިދާ ޚިލާފަށް މާލޭގައި އުޅޭ ބިދޭސީން ހޯދައި އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅުތެރޭގެ ރަށްތަކަށް ދާ މައްސަލަ ބޮޑުވެއްޖެއެވެ.
200 އަށްވުރެ ގިނަ އޮފިސަރުންނާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ ހިންގި އޮޕަރޭޝަނާގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ މާލޭގައި ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަމުންދާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
އެގޮތުން ބައެއް މީހުން ހދ.ކުޅުދުށްފުށްޓަށް ގޮސްފައިވާ ކަމަށާއި އެ ރަށު ކައުންސިލުން އެކަން ހިއްސާކޮށްފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
ރަަށަކަށް އެރޭނީ ކައުންސިލެއްގެ ހުއްދަ ލިބިގެންކަމަށްވާއިރު އެކަން ފާހަގަކުރައްވައި ޝަމްޢާން ވަނީ ބިދޭސީންގެ ކަންކަމުގައި ކޮންމެ ކައުންސިލަކުން ވެސް އެ ކައުންސިލެއްގެ ޒިންމާ ރަނގަޅަށް އަދާކުރުމަށް އެދިވަޑައިގެންފައެވެ.
ޝަމްޢާން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައި ވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހިންގާ އޮޮޕަރޭޝަންގެ ތެރެއިން މިހާރު ވަނީ ގިނަ އަދަދެއްގެ ބިދޭސީންނާމެދު ފިޔަވަޅު އަޅާފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން މިހާރު ޑީޕޯޓުކޮށްލައިފައިވާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.
3 Responses
ހަމައެކަނި އަތޮޅުތެރެއަށް ފިލަން ދަނީކީ ނޫން ދިވެހިން ދިރިއުޅޭ ގޭގެއިން ވަކިން ކޮޓަރި ކުއްޔަށް ނަގައިގެން އެކޮޓަރިގަޑުގައި ދިހަ ބާރަ މީހުން ނިދާ ކުލިދައްކައިގެން ފިލާ އެބައުޅޭ މިމީހުންވެސް ކުރަނީ އަމިއްލަ ވިޔަފާރި
ޅ.ނައިފަރުގައި އެފަދަ މީހުން ހޮޓާ ރެސްޓޯރެންޓް ފިހާރަ ހިންގުމާ ކޮންސްޓްރަކްޝަން މަސައްކަތް ނަގައިގެން ހިންގުމުގައި އަވަދިނެތި އުޅެމުން ދާތާ ޒަމާންތަކެއް ވެއްޖެ
sarukaaruge huddanethi rarrashah nugendhiumah angavaa