ބަޣާވާތް ހިންގަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ހޯދަނީ

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސްއާއި އިދިކޮޅު އެމްޑީޕީން ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގަން އުޅުނު ކަމަށް ބުނާ ބަޣާވާތުގެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެ ފަރާތެއް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ބީއެމްއެލް މެދުވެރިކޮށް ބަޣާވާަތަކުން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނީ އާދިއްތަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައެވެ.

ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލްމީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށަާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރުގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތް ކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ މީގެ ދެ ދުވަސް ކުރިން ނެރުނު ބަޔާނުގައިވެއެވެ.

ފުލުހުން މިއަދު ބުނީ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް