އީދު މިސްކިތުން ބައެއް ތަކެތި ވަގަށް ނަގައިފި

Loading

Facebook
Twitter
WhatsApp

މާލޭގައި ހުންނަ އީދު މިސްކިތުން ބައެއް ތަކެތި ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީދު މިސްކިތް މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް ރޭގެ 6-10 އާ ދެމެދު ވަގުތެއްގައި މިސްކިތުން ވައްކަން ކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި އީދު މިސްކިތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކީގެ އިތުރުން 8 ފަންކާގެ ނަރުތައް ހިމެނެއެވެ.

“މި މައްސަލަ މިހާރު ވަނީ ‎ފުލުހަށް ހުށަހެޅިފައި“ މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މިސްކިތުގެ ވީޑިއޯ ފޫޓޭޖް ލިބުނުހާ އަވަހަކަށް މީޑިއަާ އާ ހިއްސާކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރާަ މައްސަލަ ވަނީ އިތުރުވެފައެވެ. ފުލުހުން މިހާރު ވެސް ދަނީ އެފަދަ ބައެއް މައްސަލަތައް ބަލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް