ޕީޖީގެ މަގާމަށް ގާތް މީހަކު ގެންނަން މަސައްކަތް ނުކުރަން: ޢަބްދުއްރަޙިީމް

Loading

Facebook
Twitter
WhatsApp

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖިީ) ގެ މަގާމަށް ގާަތް ބޭފުޅަކު ގެންނަން މަސައްކަތް ނުކުރައްވާ ކަމަށް ކޮންގްްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙިީމް ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ސަންގު ޓީވީއަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.

ޢަބްދުއްރަޙިީމް ވިދާޅުވީ އޭނާަގެ އާއިލާގެ މީހަކު ޕީޖީގެ މަގާމަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށާއި ކޮންމެ މީހަކު ޕީޖީގެ މަގާމަށް އައްޔަން ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.

“އަޅުގަނޑަށް ހެޔޮ ޔާމީން ޕީޖީގެ މަގާމަށް ގެނަޔަސް. މަލީހު އެ މަގާަމަށް ގެނަޔަސް. ޖަމީލު ގެނަޔަސް މައްސަލައެއް ނެތް.“

ޢަބްދުއްރަޙިީމް ވިދާޅުވީ އޭނާއާ ގާތް މީހަކު ޕީޖީގެ މަގާމަށް އައްޔަންކުރަން އުޅޭ ކަމަށް ހީވަނީ އޭނާަގެ އާއިލާގައި އެވަރުގެ ގާބިލު ބޭފުޅުން ތިއްބެވުމުން ކަމަށެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާއިރު, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ތުހުމަތު ކުރައްވައިފައިވާ ގޮތުގައި ޢަބްދުއްރަޙީމް މަސައްކަތް ކުރައްވަނީ އޭނާގެ ދަނބިދަރިކަލުން އެ މަގާމަށް ހަމަޖެއްސެވުމަށެވެ.

ޕީޖީގެ މަގާމުގައި މީގެކުރިން ހުންނެވީ ޙުސައިން ޝަމީމެވެ. ޝަމީމް އެ މަގާމުން ވަކިކުރީ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާނުކުރައްވާތީއާއި އެހެން ބައެއްގެ ނުފޫޒު އޭނާގެ މައްޗަށް އޮތް ކަމުގެ ތުހުމަތުގައެވެ.

ފޮޓޯ: ސަން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް