ކުއޮންޓަސް އެއާލައިނަށް އެރި އޮޅުމަކުން ފަސްޓް ކްލާސް ޓިކެޓް ތަކެއް 85% އަގުހެޔޮކޮށް ވިއްކައިފި

Loading

Facebook
Twitter
WhatsApp

ކޯޑިންގ އެރާއެއްގެ ސަބަބުން ކުއޮންޓަސް އެއާލައިނަށް އެރި އޮޅުމަކުން ފަސްޓް ކްލާސް ޓިކެޓްތަކެއް 85އިންސައްތަ އަގުހެޔޮކޮށް ވިއްކައިފި އެވެ. އޮސްޓްރޭލިޔާގެ އެއާލައިނެއް ކަމަށް ކުއޮންޓަސް އެއާލައިނަށް މިކަން ދިމާވެފައި ވަނީ މިދިޔަ ހަފްތާގައެވެ. ކުރިމަތިވި މައްސަލަ ފާހަގަ ކުރެވުމަށްފަހު މިހާރު ގެންދަނީ ޓިކެޓް ގަތް މީހުންނަށް ރިފަންޑް ދެމުންނެވެ. ނުވަތަ އެމީހުން އެދޭނަމަ އިތުރު އަގަކާ ނުލާ ބިޒްނަސް ކްލާހަށް ޓިކެޓް ހަމަޖައްސާދެވޭނެ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.


އަގުހެޔޮ ޓިކެޓް އެއާލައިންގެ ވެބްސައިޓްގައި މިދިޔަ ބުރާސްފަތި ދުވަހު އިޝްތިހާރު ކުރުމުން ތިންސަތޭކައެއްހާ މީހުން އޮސްޓްރޭލިޔާއިން ޔޫއެސްއަށް ރިޓަރން ޓިކެޓް ގަނެފައިވެއެވެ. އޭގެ ޓިކެޓެއްގެ އަގަކީ ކުރިން ފަސްޓްކްލާސް ޓިކެޓަކަށް ދައްކާ އަގުގެ 85އިންސައްތަ ހެޔޮ އަގެކެވެ. އަގުހެޔޮޓިކެޓް 8 ގަޑިއިރެއްހާއިރު ވެބްސައިޓުން ފެންނަން ހުރި ކަމަށް ވެއެވެ.
އެއާލައިނުން ބުނެފައި ވަނީ މިފަދަ އެރާތައް ދިމާވެއްޖެ ނަމަ ޓިކެޓް އެއްކޮށް ކެންސަލް ކުރުމުގެ ހައްގު ”ޓާމްސް އެންޑް ކޮންޑިޝަންސް“ ގައި އެއާލައިނަށް ދީފައިވީ ނަމަވެސް ހެޔޮއެދުމުގެ އަމަލެއްގެ ގޮތުން މިފަހަރު އެ އެންމެން ބިޒްނަސް ކްލާހަށް ހަމަޖައްސާދޭން ނިންމާފައިވާ ކަމަށެވެ. މިހެން ހެދިނަމަވެސް އާންމުކޮން ބިޒްނަސް ކްލާހުގެ ޓިކެޓް ހުންނަ ވަރަށް ވުރެ 65 އިންސައްތަ އަގުހެޔޮވާނެ ކަމަށް ކުއޮންޓަސް އެއާލައިނުން ބުނެފައި ވެއެވެ.
އެއލާއިންތަކަށް މިއީ އާންމުކޮން ކުރިމަތިވާ ކަމެއް ކަމަށް ވެއެވެ. 2019 ވަނަ އަހަރު 16،000ޑޮލަރަށްދޭ ޓިކެޓެއް 675 ޑޮލަރަށް އެއާލައިނަކަށް ވިއްކިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް