ކަންކަން އޮޅުން ނުފިލާވަރުގެ ދަރިން ބޭނުންކޮށްގެން ބުނަންބޭނުންވާ އެއްޗެއް ބުނާމީހުންނަކީ ކަންކަމުން ފިލަން އުޅޭ މީހުންކަމަށް ވިދާޅުވެ މުޙައްމަދު ޣައްސާން މައުމޫންގެ ވަރުގަދަ ރައްދެއް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފިއެވެ.
”ބުނަންބޭން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް.“ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން ރައީސް ނަޝީދަށް ޓްވިޓާގައި ރައްދުދެއްވައި ވިދާޅުވެފައިވެއެވެ. އަދި ރައީސް ނަޝީދު އެބޭފުޅާގެ ބައްޕާފުޅާ އެއްވެސް ގޮތަކުން އަޅައިކިޔޭނެ ޖާގައެއް ނެތްކަމަށް ދޭހަވާ މޭރުމުން ވެސް އެބޭފުޅާވަނީ ޓްވީޓް ކުރައްވާފައިވެއެވެ.
”ކުރިމައްޗަށް އަންނަން ކީއްކުރަން؟ ޚިދުމަތުގެ ގޮތުން ހިނގި މަގަކުންވެސް ނުހިނގޭނެ.“ ޣައްސާންގެ ޓްވީޓްގައި ވެއެެވެ.
އެބޭފުޅާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ރައީސް މައުމޫން އާއި އޭނާގެ އައުވާނުންނާއި ހަމައަށް ދިއުމަށްފަހު ދެން ދާނީ ރައީސް ވަހީދުއާ ދިމާއަށް ކަމަށް ބުނެ ވަރަށް ހަޑި ހުތުރުބަހުން ރައީސް ވަހީދު އަށާއި ރައީސް މައުމޫނަށް އެއްޗެހިކިިޔައި ނަޝީދުގެ ދަރިކަނބަލުން މީރާ ކުރި ޓްވީޓްއަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. މީރާ ކުރިޓްވީޓް ރައީސް ނަޝީދް ޓްވިޓާގައި ބޭނުންކުރައްވާ “ އެލެކްސް އަހުމަދު“ އެކައުންޓްން ރިޓްވީޓްވެސް ކުރައްވާފައިވެއެވެ.
ސިޔާސީ ދާއިރާގައި ބައްޕާފުޅަށްވުރެ ބޮޑަށް ބޮޑުބޭބޭފުޅު ރައީސް ޔާމީން އަށް ތާއީދު ކުރައްވަމުން ގެންދަވާ ޣައްސާން ވިދާޅުވީ އާއިލާއިން ބޭރުން ދެވޭ ކޮންމެ ހަމަލާއެއް އެބޭފުޅާ ދިފާޢު ކުރައްވާނެކަމަށެވެ.