ކޮލްކަތާ ރޭޕް ކޭސް:ސީ.ބީ.އައި އޮފިޝަލުން 15 ތަނެއް ރެއިޑް ކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކޮލްކަތާ ގައި މި މަހު ހިންގާފައިވާ ރޭޕް އަދި އިހާނަތްތެރި މަރާއި    ގުޅިގެން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ފަރާތުން މިހާރު ކުރިޔަށް ގެންދާ ތަހުގީގުގައި އާދީއްތަ ދުވަހު 15 ތަނެއް ރެއިޑް ކޮށްފިއެވެ. މިތަންތަނުގެ ތެރޭގައި ހާދިސާ ހިނގި އާރުޖީ ކަރު މެޑިކަލް ކޮލެޖްގެ ކުރީގެ ޕްރިންސިޕަލް ސަންދީޕް ގޯޝްގެ ގެ ހިމެނެއެވެ.

31 އަހަރުގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށްފަ އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ ހިނގި ފަހުން، ފައިސާޔަށް ޚިޔާނަތްތެރިވުމުގެ މައްސަލަ އެއް ވަނީ ގޯޝްއާއި ދެކޮޅަށް އުފުލާފައެވެ. ނަމަވެސް މައްސަލަ ކުރިޔަށް ދާނެކަމަށް ނުފެންނަ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެނީ ކޮލްކަތާގެ އެންމެ ބޮޑުޕާޓީ ޓްރިނަމޫލް ކޮންގްރެސް ގެ އިސްފަރާތްތަކާ އެކު ސަންދީޕް ގޯޝް ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަންދީޕް ގޯޝް ވެރިއަކަށް ހުންނަ އާރުޖީ ކަރު މެޑިކަލް ކޮލެޖް ގައި އެތައްބައިވަރު ޤައިރު ގާނޫނީ ހަރަކާތްތަކެއް ހިންގައެވެ. މިގޮތުން މަރުވާ މީހުންގެ ހަށިތައް ވިއްކުމާއި މެޑިކަލް ސަޕްލައި ގެ އިތުރުން ބަޔޯމެޑިކަލް ވޭސްޓް ބަންގްލާދޭޝް އަށް ވިއްކުން ހިމެނެއެވެ.މިކަން ވަނީ އެ ހޮސްޕިޓަލްގެ ކުރީގެ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އަޚްތަރު އަލީ ވެސް ޔަގީން ކޮށްދީފައެވެ.

ތުހުމަތުކުރެވޭ ފަރާތްތައް ލައްވާ ޕޮލީގްރާފް ޓެސްޓް ހެދުވުން

ސީބީ އައި އޮފިޝަލުން އާދީތަ ދުވަހު ތަންތަން ރެއިޑް ކުރުމުގައި ހަރަކާތްތެރިވި އިރު، ރޭޕް ކުރި ކަމަށް އެއްބަސްވެފައިވާ ސަންޖޭ ރޯއީ ލައްވާ ވަނީ ޕޮލީގްރާފް ޓެސްޓް ހަދާފައެވެ.ޕޮލިގްރާފް ޓެސްޓަކީ އިލެކްޓްރޯނިކް ޑިވައިސް އެއް ބޭނުންކޮށްގެން، ދޮގުހަދާތޯ ބެލުމަށް ހަދާ ޓެސްޓެކެވެ.

މީގައި ކުރާނީ ތިން ބާވަތެއްގެ ސުވާލެވެ.އެއީ ހާދިސާ އާއި ގުޅުންހުރި ސުވާލު ތަކަކާ، ގުޅުންނެތް ސުވާލުތަކަކާ އަދި ކޮންޓްރޯލް ސުވާލު ތަކެކެވެ.

މިކަމުގެ އެކްސްޕަރޓުންގެ ޓީމެއް ވަނީ ޑެލްހީ އިން ވެސްޓްބެންގޯލް އަށް ހޮނިހިރު ދުވަހު ގޮސްފައެވެ. އަދި ހޮނިހިރު ދުވަހު ވަނީ ހަތަރު މީހެއްގެ ޕޮލީގްރާފް ޓެސްޓް ހަދާފައެވެ. ޖުމްލަ ހަތް މީހުންގެ ޕޮލީގްރާފް ޓެސްޓް ހެދުމަށް ވަނީ ހަމަ ޖެހިފައެވެ.

ސަންޖޭ ރޯއީ އަށް 14 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ހުކުރު ދުވަހު ޖަހާފައެވެ.

ސީސީޓީވީ ފުޓޭޖް

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޮގަސްޓް 9ވަނަ ދުވަހުގެރޭ ސަންޖޭ ރޯއީ ހޮސްޕިޓަލް އަށް ވަދެފައި ވެއެވެ.ރޭޕްގެ ޖަރީމާ ހިންގާފައިވަނީ އޭގެ ދެތިންގަޑިއިރު ފަހުން ކަމަށް ވެއެވެ.އޭނަ ހޮސްޕިޓަލް އަށް ވަން އިރު ކަރުގައި ބްލޫޓޫތު ހެޑްސެޓެއް އަޅާފައި އޮވެއެވެ. މި ހެޑްސެޓްވަނީ ޑޮކްޓަރު އޮތްތަނާކައިރިން ފެނިފައެވެ.

ސަންދީޕް ގޯޝް ގެ ޖަރީމާތައް

ހޮސްޕިޓަލްގެ ކުރީގެ ޕްރިންސިޕަލް ސަންދީޕް ގޯޝް ހޮސްޕިޓަލްގައި ހިންގާ ޖަރީމާތައް ހާމަކުރަން ކުރިންވެސް އުޅުނު ބައެއް ޑޮކްޓަރުން ވަނީ ކުއްލި މަރަކުން މަރުވެފައި ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިމަރުތަކުގައި ވެސް އިސްކޮން ޝާމިލުވާކަމަށް ތުހުމަތު ކުރެވެނީ ޕޮލިސް ވޮލަންޓިއަރެއްގެ ނަމުގައި ހޮސްޕިޓަލުން ވަޒީފާ ދީފައި ހުންނަ ސަންޖޭ ރޯއީ އެވެ. އޭނާއަކީ ޕްރިންސިޕަލް ސަންދީޕް ގޯޝް ގެ ހިމާޔަތުގައި އޭނާގެ ބާރުގަދަ ރަހުމަތްތެރިންގެ މަދަދާއެކު ފޮނުވާފަ ހުންނަ ފަރާތެއް ކަމަށް ވެއެވެ.

ރޭޕްކުރި އަންހެން ޑޮކްޓަރު މަރުވިރޭވެސް ޕްރިންސިޕަލް އިރުޝާދުދީފައިވަނީ އޭނާ މަރުވީ އަމިއްލަޔަށް ކަމަށް އާއިލާއަށް އެންގުމަށެވެ. ނަމަވެސް އާއިލާއިން އެކަން ގަބޫލުނުކޮށް ދަރިފުޅަށް ކޮށްފައިވާ ބޮޑެތި އަނިޔާއާއި ހާދިސާ ހިނގިގޮތް މުޅިދުނިޔެއަށް ހާމަ ކުރީއެވެ.   

ރޭޕް އަދި މަރުގެ ހާދިސާއަށް ފަހު ސަންދީޕް ގޯޝް ވަޒީފާއިން އިސްތިއުފާ ދިން ނަމަވެސް އޭގެ ނުވަގަޑިއިރު ފަހުން ހަމަ އެހެން ހޮސްޕިޓަލް އެއްގެ ހަމަ އެވަޒީފާ އޭނާޔަށް ވަނީ ހަމަ ޖައްސާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް