ހޫތީންގެ ޙަމަލާގައި ތެޔޮޓޭންކަރު ގޮއްވާލުމަކީ ބޮޑު ޖަރީމާއެއް:އެމެރިކާ

Loading

Facebook
Twitter
WhatsApp

ދޮޅުލައްކަ ފީފާގެ ސާފު ނުކުރާތެލާއި އެކު ދަތުރުކުރަމުން ދިޔަ 2006 ވަނައަހަރު ބަނދެފައިވާ ދިގުމިނުގައި 274 މީޓަރ ފުޅާމިނުގައި 50 މީޓަރ ހުރި ގުރީކުގެ ( އެމް. ޓީ. ސޯޔުނިއަން ) ތެޔޮ ޓޭންކަރ އަށް ހޫތީންގެ ދިން ޙަމަލާއެއްގައި ބޯޓު ގޮއްވާލައި އަލިފާން ރޯކޮށްލުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށް ޕެންޓާގަނުން ބުނެފިއެވެ.


އެ ޙަމަލާގައި އެ ޓޭނަކަރަށް 3 މިސައިލް އަމަޒު ވެފައި ވެއެވެ. އަދި އެ ޓޭންކަރ ގޮއްވާލުމުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުން އަންދާޒާ ނުކުރެވޭނެ ކަމަށްވެސް ޕެންޓަގަނުން ބުނެފައި ވެއެވެ.
އެ ތެޔޮ ޓޭންކަރުގައި ހުރިކަމަށްބުނާ ދޮޅުލައްކަ ފީފާގެ ސާފު ނުކުރާ ތެލާއެކު މުޅި ބޯޓުގައި ރޯވެ އަނދަމުން ދާއިރު ކަނޑަށް އެޅެމުންދާ ތެޔޮތައްވެސް މުޅި ސަރަޙައްދަށް ފެތުރެމުން ދާކަމަށް އެންމެ ފަހުގެ ޚަބަރުތަކުގައި ބުނެފައި ވެއެވެ.
ބޯޓުގެ ވެރިފަރާތުން މަޢުލޫމާތު ހާމަ ކޮށްފައިވާ ގޮތުގައި އެ ބޯޓު ދަތުރު ކުރަމުން ދިޔައީ އިރާގުން ބަރުކޮށްގެން ދެކުނު އެފްރިކާގެ ޑާރބަން އަށެވެ. އެހެންނަމަވެސް ގުރީކުގެ ޝިޕިންގއާ ބެހޭ ވުޒާރާއިން އެންމެ ފަހުން ބުނެފައިވަނީ ތެޔޮ ޓޭންކަރ ސޯ ޔުނިއަން ދިޔައީ އިރާގުން ބަރުކޮށްގެން ގުރީކަށް ދަތުރު ކުރަމުންނެވެ. އަދި ހޫތީ މުޖާހިދުން ޙަމަލާދީފައިވަނީ ބައިނަލް އަގްވާމީ ހުރިހާ ގާނޫނަކާ ޚިލާފަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހޫތީ މުޖާހިދުން ބުނެފައިވަނީ އެ ބޯޓަށް ޙަމަލާދޭންޖެހުނީ “ އަހަރެމެންގެ ނިންމުންތަކާ ދެކޮޅަށް އިސްރާއީލުގެ ބަނދަރުތަކަށް އެ ބޯޓުން ދަތުރު ކޮށްފައި ވާތީ އެވެ. ”
ރެޑް ސީ ތެރެއިންލާފައި ކުރެވޭ ބައިނަލް އަގްވާމީ ކޮމާރޝަލް ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާއިން ކުރަމުންގެންދާ މަސައްކަތުގައި ހޫތީ މުޖާހިދުންގެ ގިނަ ޙަމަލާތަކެއް ހުއްޓުވައި އަދިއެ ޖަމާޢަތުން ޙަމަލާދީފާނެ ކަމަށް ބެލެވޭ ވަސީލަތްތައްވެސް ވާނީ އެއްކޮށް ނައްތާލާފައިކ ަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެކަމަކު ހޫތީ މުޖާހިދުންގެ ޙަމަލާތައް ހުއްޓުމަކަށް އައިތަނެއް ނުފެނެއެވެ. އަދި މިހާތަނަށް އެހެން 2 ބޯޓެއްވެސް ވަނީ ކަނޑު އަޑިއަށް ފައްތާލާފައެވެ.
ބޯޓަށް ހުތީ މުޖާހިދުންގެ ޙަމަލާތައް އަރާފައިވަނީ ޔަމަނުގެ ހުދައިދާ އިން ފެށިގެން 143 ކިލޯމީޓަރ ހުޅަނގުން ދަތުރުކޮށްފައި ދަނިކޮށެވެ. ( ބޯޓު ދަތުރުކުރާނެ ގޮތް އެއީ ބޮޑު މާލިމީގެ އިޚްތިޔާރެކެވެ. އެކަމަކު ހަމަޖެހޭ ވިސްނުމަކުން ބަލާއިރު އިރާގުން ފުރައިގެން ދެކުނު އެފްރިކާގެ ޑާރބަން އަށް ދަތުރުކުރާއިރު ރެޑްސީގެ ތެރެއަށް ވަންނާކަށް ނުޖެހެއެވެ. )
މީޑިއާއަށް މަޢުލޫމާތު ދިނުމުގައިވެސް ކޮންމެވެސް ވަރަކަށް ތެދު ހަދަން ޖެހޭނެކަށް ޝިޕިންގް އެކްސްފާޓުން ބުނެފާވެއެވެ. ބައެއް މީޑިއާތަކަށް ޕެންޓަގަންގެ ޑެޕިއުޓީ ތަރުޖަމާނު ސަބްރީނާ ސިންގް ބުނެފައިވަނީ ބޯޓުގައި ރޯވި އަލިފާންގަނޑު ބޯޓުގެ ފަޅުވެރިގެ މަސައްކަތުން ނިއްވާލާފައިވާ ކަމަށާއި ހުރިހާ ފަޅުވެރިން ސަލާމަތުން ޖިބޫޓީ އަށް ގެންދެވިފައިވާ ކަމަށެވެ. އެކަމަކު އެންމެ ފަހުގެ ފޮޓޯތަކުންވެސް ފެންނަމުން ދަނީ މުޅިބޯޓުގައި ރޯވެ އަނދަމުންދާ މަންޒަރެވެ.
ހޫތީ މުޖާހިދުން ޙަމަލާ ދިނުމަށް ބޭނުންކުރާ ވަސީލަތްތައް ވެސް އެއްކޮށް ނައްތާލާފައިވާ ކަމަށާއި އަހަރެމެންގެ ކަނޑު ސިފައިންގެ ލަޝްކަރުތަކުންނާއި އަދި ބައިވެރިންގެ މަސައްކަތުން ރެޑްސީގެ ދަތުރުތައް ބައެއް ފަހަރު ހޫތީންގެ ޙަމަލާއެއް އަމާޒު ވިޔަސް އާންމުގޮތެއްގައި އެ ދަތުރުތައް މިހާރު އަމާންކުރެވިފައިވާ ކަމަށްވެސް ސަބްރީނާ ބުނެފައި ވެއެވެ.
ޔޫރަޕިއަން ޔުނިއަންގެ ނޭވަލް މިލިޓްރީ އޮޕަރޭޝަން އިން ބުނެފައިވަނީ އެބޯޓުގެ ތެޔޮތައް ކަނޑަށް އެޅުމުން ރޯވެފައިވާ އަލިފާން ގަނޑުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރުން މިވަގުތަށް ވަރަށް ނުރައްކާތެރި ކަމަށާއި އަދި ތިމާވެއްޓަށް ލިބޭނެ ގެއްލުން މާބޮޑުވާނެ ކަމަށެވެ.
ޔޫނަވްފޯރ އެސްޕައިޑްސް ( ޔޫރަޕިއަން ޔުނިއަން ނޭވަލް ފޯރސް އެސްޕައިޑްސް ) އިން ބުނެފައިވަނީ ހާލުގައި ޖެހިފައި އޮތް ތެޔޮޓޭނަކަރަށް އެހީ ފޯރުކޮށްދޭން އެ ޖަމާއަތުގެ އުޅަނދުފަހަރު ދަނިކޮށްވެސް އެ ތެޔޮ ޓޭނަކަރަށް ޔޫ އެސް ވީ ( އަންމޭންޑް ސަރފޭސް ވެސެލް ) އަކުން ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާތަން ފެނިފައިވާ ކަމާށާއި ނަސީބު ރަނގަޅުކަމުން އެ ޙަމަލާއިން ރެކެވެވުނީ ކަމަށެވެ.

Loading

3 Responses

  1. ޖަރީމާ އެނގޭނީ އެމެރިކާމީހުނަށް އެކެނިއެވެ. އެއީ މިދުނިޔޭގައި ޖަރީމާގެ ހުރިހާ ނުބައި ޢަމަލެއް ހިންގަނީ އެމީހުން ވިއްޔާޢެވެ. ވަރަށް މައްކާރު މުނާފިގު ބަޔެއް ތި އެމެރިާ ތިއީ. ދެރައީ ޢަރަބި ހުރިހާ ޖަމަލެއްވެސް އެމީހުންގެ ދަށުވެފާތިބޭތީއެވެ.

    1. އަރަބިންގެ މިހާރުގެ ވެރިން އެމީހުންގެ ދަށުވެފަ ތިބީކީނޫން މިއީ ދެ ބަހަކުންވާހަކަދައްކާ އެއްދީނެއްގެ ބައެއް.

  2. އަރަބިންގެ މިހާރުގެ ވެރިން އެމީހުންގެ ދަށުވެފަ ތިބީކީނޫން މިއީ ދެ ބަހަކުންވާހަކަދައްކާ އެއްދީނެއްގެ ބައެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް